ކައުންސިލާއި އ.ތ.މ ކޮމެޓީ ގުޅިގެން ރަށުގައި މިހާރު ނެތެމުންދާ ބާވަތެއްކަމުގައިވާ ދިގުތިޔަރި، އޮނު، ކަދުރު، ބަބުކެޔޮ ގަސް އަދި ބޭހުގެ ގޮތުގައި ބޭނުންކުރާ ހަލަވެލި، ވަކިފޫ، ކަސްތޫރި، ލަންސިމޫ، ރާރޮށި، ރާބެބެރި، ގަނދަކޯޅި، ހިތިފަތް، ވައިފިލާ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން މި ހަރަކާތުގެ މަގުސަދަކީ ރަށުން ނެތެމުންދާ މިފަދަ ގަސްތައް ނެތިނުދާނެ ގޮތް ހެދުމާއި، މިފަދަ ގަސް ދިރުވާ އަލާކުރުން.

Read more

ލ.އިސްދޫ ކައުންސިލާއި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ އާއި ދެމެދު މެމޮރަންޑަމް އޮފް އެގްރީމަންޓެއްގައި ސޮއިކުރުން. މި އެގްރީމަންޓްގެ ދަށުން މިރަށުގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަރިކަ ރައްކާތެރި ކުރުމާއި ރައްކާތެރި ގޮތުގައި އެތަންތަނުން ރަށާއި ރައްޔިތުންނަށް މަންފާވާނެ ކަންކަން ދެނެގަތުމާއި މިއާ ގުޅޭ ޕްލޭންތައް ތަންފީޒުކުރުމަށް ދެފަރާތުން މަސައްކަތް ކުރުމަށް އެއްބަސްވެވުނު. މީގެ އިތުރުން ރަށުގެ ތާރީޚީ އަދި ޘަގާފީ ކަންކަން ދިރާސާކުރުމާއި އެމަޢުލޫމާތު އެއްތަންކޮށް އަރުޝީފު ކުރުމުގެ މަސައްކަތާއި ދިވެހި ބަހާއި ޤައުމިއްޔަތުގެ ރޮނގުން ދެފަރާތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭ.

Read more