ކައުންސިލަރުންނާއި އތމ ކޮމިޓީ މެމްބަރުންގެ ކާމިޔާބު 2 އަހަރު ކައުންސިލްގެ މުވައްޒަފުން ފާހަގަކުރުން

ލ.އިސްދޫ ކައުންސިލަރުންނާއި އތމ ކޮމިޓީ މެމްބަރުންގެ ކާމިޔާބު 2 އަހަރު ފާހަގަކުރުމަށް ކައުންސިލްގެ މުވައްޒަފުން ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މިހަރަކާތް ކުރިޔަށްދިޔައީ ދިވެހިރާއްޖޭގައި ހުރި ތާރީޚީ އެންމެ އުސްބިނާ ހިމެނޭ އިސްދޫ ހަވިއްތަ ސަރަހައްދުގައެވެ. މިހަރަކާތުގައި ކައުންސިލްގެ ރައީސާއި، ނައިބު ރައީސް އަދި ކައުންސިލްގެ މެމްބަރުންގެ އިތުރުން އތމ ކޮމިޓީގެ ހުރިހައި މެމްބަރުން ބައިވެރިވެލެއްވިއެވެ. މިހަރަކާތުގައި ކައުންސިލަރުންނާއި އތމ ކޮމިޓީގެ މެމްބަރުންގެ ޚިދުމަތުގެ ކާމިޔާބު 2 އަހަރުގެ އަގުވަޒަންކުރުމުގެ ގޮތުން ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ހަނދާނީ ފިލައެއް އެރުވުމުގެ އިތުރުން ކައުންސިލަރުންނާއި އތމ ކޮމިޓީ މެމްބަރުންގެ ޝަރަފުގައި ޚާއްސަ ސައިފޮދެއް ކުރިޔަށް ގެންދެވުނެވެ.