ހައްދުންމަތީ އިސްދޫ ކައުންސިލްގެ ޕްރީ ސުކޫލް ހުޅުވައިފި

ހައްދުންމަތީ އިސްދޫ ކައުންސިލްގެ ޕްރީސުކޫލް ހުޅުވާފައިވަނީ 06 މާރޗު 2022 ވަނަ ދުވަހުގަ ބޭއްވި ރަސްމިއްޔާތަކަށްފަހު ގައެވެ. ސުކޫލް ހުޅުއްވާދެއްވާފައިވަނީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާޢީލް ޢަލީ އެވެ. މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލް އާއި އިސްދޫ މުވައްސަސާތަކުގެ ވެރިންނާއި އިސްދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލަރުންނާއި، މުވައްޒަފުން އަދި ޕްރީ ސުކޫލްގެ ދަރިވަރުންނާއި ބެލެނެވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މި ރަސްމިއްޔާތުގެ ސަރަފުވެރި މެހެމާން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީގެ ވާހަކަފުޅުގައި މިފަދަ ތަޢުލީމެއް ކައުންސިލްއިން ފޯރުކޮށްދިނުމަށް ކޮށްފައިވާ ބުރަ މަސައްކަތާއި މިފަދަ ތަޢުލީމެއް ފޯރުކޮށްދިނުމުގެ މުހިންމު ކަމާގުޅޭ ގޮތުންވަނީ ވާހަކަދައްކާވާފައެވެ. ސުކޫލް ހުޅުވުމުގައި ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތް ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ވަނީ ފާހަގަކޮށްފައެވެ. އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.