މުވައްޒަފުންގެ ބައްދަލުވުން


ހަފްތާ ފެށުމުގެ ގޮތުން މުވައްޒަފުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިހަފްތާގެ ބައްދަލުވުން 13 ޖުލައިވާ އާދީއްތަ ދުވަހު ވަނީ ބޭއްވިފައެވެ. މިބައްދަލުވުމުގެ މަޤުސަދަކީ ފާއިތުވެދިޔަ ހަފްތާގައި މުވައްޒަފުން ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ޚިއްސާކުރުމާއި ފެށުނު ހަފްތާއަށް ރާވާފައިވާ މާސައްކަތްތަކުގެ މަޢުލޫމާތު މުވައްޒަފުންނާއި ޚިއްސާކުރުމެވެ. މީގެއިތުރުން މިބައްދަލުވުމުގައިވަނީ މިހަފްތާގެ ތަރި ހޮވުން ވެސް ކުރިޔަށް ގެންގޮސްފައެވެ. މިހަފްތާގެ ތަރިންގެ ގޮތުގައި ހޮވިފައިވަނީ އީއެސްއެމް ސެކްޝަން އިން ވޭސްޓް މެނޭޖްމަންޓް، ޕްރީސްކޫމް އަދި އެކްސްޕެޓް ބައިން ކައުންސިލް އޮފިސަރ އާމިނަތު ނާއިލާ އަދި ކޯޕަރޭޓް އެފެއާރޒްގެ ކައުންޓަ، އެޗް އާރއިން އ.ކައުންސިލް އޮފިސަރ މަރިޔަމް އުނޭޒާއެވެ.