ކައުންސިލް މޮނިޓަރިންގ ފެށުން


ކައުންސިލްތައް މޮނިޓަރ ކުރަން ފެށުމުގެގޮތުން 2024 ވަނަ އަހަރުގެ އިސްދޫ ކައުންސިލް މޮނިޓަރިންގ 13 ޖުލައި 2025 ވަނަ ދުވަހު ވަނީ ފެށިފައެވެ. މިޕްރޮގްރާމަކީ ކައުންސިލްތައް މޮނިޓަރ ކުރުމަށް ލ.އަތޮޅު ކައުންސިލުން ކުރިޔަށްގެންދާ ސިލްސިލާ ޕްރޮްގްރާމެކެވެ.

އިސްދޫ ކައުންސިލް މޮނިޓަރިންގ ފެށުމުގެ ގޮތުން އަތޮޅު ކައުންސިލުންވަނީ އިސްދޫ ކައުންސިލާއި އތމ ކޮމިޓީއެކު ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ.

މޮނިޓަރިންގ ޓީމްގެ އިސްފަރާތެއްގެ ގޮތުން ބައިވެރިވެލެއްވީ ލ.އަތޮޅު ކައުނސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފް އާމިރުއެވެ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި އިސްދޫ ކައުންސިލްގެ މޮނިޓަރިން 16 ޖުލައި ވާ އަންގާރަ ދުވަހާއި ހަމައަށް ކުރިޔަށް ދާނެއެވެ.