ކަނބަލުންނަށް އަމާޒުކޮށްގެން ފިޓްނަސް ޕްރޮގްރާމެއް ފެށުން
ކަނބަލުންނަށް އަމާޒުކޮށްގެން ފިޓްނަސް ޕްރޮގްރާމެއް 72 ބައިވެރިންނާއެކު ފެށިގެން ކުރިޔަށް އެބަދެއެވެ. މިޕްރޮގްރާމަކީ އިސްދޫ ކައުންސިލާއި އތމ ކޮމިޓީ ގުޅިގެން ކުރިޔަށްގެންދާ 15 ދުވަހުގެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ނިޔުޓްރިޝަން ސްޕެޝަލިސްޓް އަދި ފިޓްނަސް އިންސްޓްރަކްޓަރ ފާތިމަތު ޝަހާ އެވެ. މިޕްރޮގްރާމަކީ ކައުންސިލާއި އތމ ކޮމިޓީގެ ބަޖެޓްން ޚަރަދުކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.