ލ.އިސްދޫ ޒުވާނުންގެ މަރުކަޒު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ލ.އިސްދޫ ޒުވާނުންގެ މަރުކަޒު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ޔޫތް މިނިސްޓްރީގައެވެ. ލ.އިސްދޫ ޒުވާނުންގެ މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އައި.އެޗް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއިއެވެ. މިގޮތުން 120 ދުވަހުގެ ތެރޭގައި މިމަސައްކަތް ކޮށްނިންމުމަށް ހަވާލުކޮށްފައިވާއިރު، މިމަޝްރޫޢުގެ ޖުމްލަ އަގަކީ 4,886,424.46 ރުފިޔާ އެވެ. މިއެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ލ.އިސްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލް ބައިވެރިވެލެއްވިއެވެ.