ލ. އިސްދޫގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒުކޮށްފި

34 އައިލެންޑްސް ވޯޓަރ އެން ސްވަރޭޖް ޕްރޮޖެކްޓްސްގެ ދަށުން ލ. އިސްދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކޮށްފިއެވެ. މިމަސައްކަތަކީ ދިވެހި ދައުލަތުންނާއި އިންޑިޔާގެ އެގްޒިމް ބޭންކުގެ ލޯނުއެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ފެށުމުގެ ގޮތުން މިހާރު ކުރިޔަށްދަނީ އާރް.އޯ ޕްލާންޓް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފުކުރުމާއި މަގުތަކުގައި ލެވެލިންގ ޕޮއިންޓްތައް ޖެހުމެވެ.