ޖައިކާގެ އިސްވަފުދެއް ލ.އިސްދޫއަށް ޒިޔާރަތްކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޖައިކާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ” ބިލްޑިންގ ކުލައިމެޓް ރެސިލިއެންޓް ސޭފާރ އައިލެންޑްސް އިން ދަ މޯލްޑިވްސް ” މަޝްރޫޢުގެ މަސައްކަތް ލ.އިސްދޫގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ބައްލަވައި ލެއްވުމަށް ޖައިކާގެ ޓީމެއް މިއަދު ލ. އިސްދޫއަށް ޒިޔާރަތްކޮށްފިއެވެ. މިދަތުރުގައި މިޓީމްވަނީ މިމަޝްރޫގެ މަސައްކަތްތައް ހިންގުމަށް ގަސްދުކުރެވިފައިވާ ސަރަހައްދުތައް ބައްލަވާލައްވައި ލ.އިސްދޫ ކައުންސިލާއިއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.