ލ. އިސްދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ބަދަލުވުމާއި ގުޅިގެން ލ.އިސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިންޗާޖާއި ކައުންސިލުން ބައްދަލުކުރުން

ލ. އިސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިންޗާޖްގެ މަޤާމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަޒުނާ އަޙްމަދު ހަމަޖެއްސެވުމާއި ގުޅިގެން އެފަރާތަށް މަރްޚަބާ ދެންނެވުމުގެ ގޮތުން ލ.އިސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިންޗާޖާއި، ކައުންސިލުން ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ ލ.އިސްދޫ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ. މިބައްދަލުވުމުގައި ޕޮލިސް އިންޗާޖުގެ އިތުރުން ސީނިއަރ ބައެއް އެހެން ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޚަލީލް އާއި، ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް އާދަމް ނަސީމް އާއި، ކައުންސިލް މެމްބަރ އަލްފާޟިލާ އާމިނަތު ޖޫލިޔާ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޙުސައިން ފަޔާޒު ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި ދެމުވައްސަސާ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައެވެ.