އިސްދޫގެ އިސްރަށްވެހިންނާއި އެކު ބޭއްވި ބައްދަލުވުން
އިސްދޫގެ އިސްރައްވެހިންނާއި ކައުންސިލްއިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިވަގުތު ރަށުގައި ހިގަމުންދާ މަޝްރޫޢުތަކާގުޅޭ މަޢުލޫމާތު ޙިއްސާކޮށް، ކައުންސިލް އިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެއްވައި އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާވަނީ ހޯއްދަވާފައެވެ.
އަދި މަސްޖިދުލް އިނާރާގެ ދޮރުތައް ބަދަލުކުރުމާ ގުޅޭ ގޮތުން އިސްރައްވެހިންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވެއެވެ.