ލ.އަތޮޅު ކޮމާންޑަރ އާއިއެކު ބޭއްވުނު ބައްދަލުވުން

ލ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ސިބާނާ ހަސަން ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ލ.އިސްދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަޙްމަދުވެސް ބައިވެރިވެލެއްވިއެވެ. މިބައްދަލުވުގައި ކައުންސިލްގެ ރައީސާއި، ނައިބް ރައީސް އަދި ކައުންސިލް މެމްބަރުންގެ އިތުރުން ސީނިއަރ މެނޭޖްމަންޓް މެމްބަރުން ބައިވެރިވެލެއްވިއެވެ. މީގެއިތުރުން އތމ ކޮމިޓީގެ މެމްބަރުންވެސް މިބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.

މިބައްދަލުވުމަކީ ލ.އިސްދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ތަޢާރަފުވުމަށް ކުރިޔަށް ގެންދެވުނު ބައްދަލުވުމެކެވެ. މީގެއިތުރުން ކައުންސިލާއި ފުލުހުންނާއި ގުޅިގެން ރަށުތެރޭގެ ކުށްމަދުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުންނާއި އަދި ކުށްމަދުކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.