ރަށުގެ މުވައްސަސާތަކުގެ މައުލޫމާތު

ލ.އިސްދޫ ޞިއްޙީމަރުކަޒު

ލ.އިސްދޫ ޞިއްޙީމަރުކަޒުގެ ޚިދުމަތް ފެށުނީ 01 އޭޕްރިލް 2005 ގައެވެ. އެންމެ ފުރަތަމަ ޚިދުމަތް ފެށުނުއިރު 8 ގަޑިއިރު ޚިދުމަތް ދެމުން ގެންދިޔަނަމަވެސް މިހާރު ޞިއްޙީމަރުކަޒުގެ ޚިދުމަތް 24 ގަޑިއިރުވެސް ރައްޔިތުންނަށް ދަނީ ފޯރުކޮށްދެމުންނެވެ. ލ.އިސްދޫ ޞިއްޙީމަރުކަޒު އިސްދޫގައި ޤާއިމުކުރެވިފައި ހުރިނަމަވެސް ޞިއްޙީމަރުކަޒުގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ ލ.އިސްދޫ އަދި ލ.ކަލައިދޫގެ ރައްޔިތުންނަށެވެ. ޞިއްޙީމަރުކަޒުގައި ބަލިމީހުންނަށް ޚިދުމަތް ދިނުމަށް 2 މެޑިކަލް އޮފިސަރުން ތިއްބަވައެވެ. ޞިއްޙީމަރުކަޒުން ދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތާއި، ތެލަސީމިއާ ކުދިންނާއި ގުޅޭ ފަރުވާތަކާއި، ޢާއްމު ޞިއްޙަތުގެ ޚިދުމަތްތަކާއި އަދި ޢާއްމު ބަލިތަކާއި ގުޅޭ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ. ލ.އިސްދޫ ޞިއްޚީމަރުކަޒަކީ 1 ވަނަ ދަރަޖައިގެ ޞިއްޙީމަރުކަޒެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި ޚިދުމަތް ދެމުންގެންދާ ތަނެކެވެ. ރައްޔިތުންގެ އުއްމީދަކީ ލ.އިސްދޫ ޞިއްޙީމަރުކަޒުގެ ޚިދުމަތްތައް ފުޅާވެ، ހޮސްޕިޓަލަކަށް ބަދަލުވެ އަދި ރައްޔިތުންނަށް ޞީއްޚީ ގިނަ ޚިދުމަތްތަކެއް ލިބިގެން ދިޔުމެވެ.

ފޯން ނަންބަރ: 6809005,6800552

 

ލ.އިސްދޫ ޕޮލިސް ސްޓޭޝަން

ލ.އިސްދޫ ޕޮލިސް ސްޓޭޝަން ހުޅުވާފައި ވަނީ 2005 ވަނައަހަރު ގައެވެ. ލ.އިސްދޫ ޕޮލިސް ސްޓޭޝަނަކީ ރައްޔިތުންނަށް 24 ގަނޑިއިރު ޙިދުމަތް ފޯރުކޮށް ދެމުން އަންނަ ސްޓޭޝަނެކެވެ. ލ.އިސްދޫ ޕޮލިސް ސްޓޭޝަން ލ.އިސްދޫގައި ގާއިމްކުރެވިފައި ހުރިނަމަވެސް ލ.އިސްދޫ  ޕޮލިސް ސްޓޭޝަން އިން ޙިދުމަތް ފޯރުކޮށް ދެމުން އަންނަނީ ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫ މިތިންރަށް ހިމެނޭ ގޮތަށެވެ. ލ.އިސްދޫ ޕޮލިސް ސްޓޭޝަންގެ މައިގަނޑު މަސައްކަތް / ދައުރުއަކީ ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ޤާއިމްކޮށް  ދިނުމަށް ކުރަންޖެހޭ އެއްމެހައި ކަންކަން / މަސައްކަތްތައް ޤާނޫނީ އިމުގެ ތެރެއިން ކުރުމެވެ.

ފޯން ނަންބަރ:9630130