ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓްތައް ޗެކްކުރުން

03 ވަނަ ކުއާޓާގައި ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓްތައް އިންސްޕެކްޓްކުރުމުގެ ޚަރަކާތެއް މިއަދުވަނީ ކުރިޔަށް ގެންދެވިފައެވެ. މިޚަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިކަމާއި ގުޅޭ ކައުންސިލަރ އާމިނަތު ޖޫލިޔާ އިސްވެ ހުންނަވައިގެންނެވެ.


މިޚަރަކާތުގެ ތެރެއިން ފިހާރަތަކުގައި މުއްދަތު ހަމަވެފައިވާ މުދާ ހުރިތޯ ބެލުމާއި، މުދަލުގައި އަގުޖަހާފައި ހުރިތޯ ބެލުމުގެ އިތުރުން މުދާ ހަރުތަކުގައި ޖަހާފައި ހުންނަނީ ތަރުތީބުންތޯ ވަނީ ބަލާ ޗެކްކޮށްފައެވެ.


މިގޮތުން ރަށުގެ 06 ފިރަޔަކާއި 02 ހޮޓަލެއް އިންސްޕެކްޓްކުރުން މިއަދު ވަނީ ކުރިޔަށް ގެންގޮސްފައެވެ.