އިސްދޫ ކައުންސިލުން ތިމާވެއްޓާއި ރައްޓެހި ފޮތިކޮތަޅު ރަށަށް ތަޢާރަފުކޮށްފި

ރަށުގައި ބޭނުންކުރާ ޕްލާސްޓިކްގެ މިންވަރު މަދުކޮށް ތިމާވެއްޓާއި ރައްޓެހި މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުޞަދުގައި އިސްދޫ ކައުންސިލުން އިސްނަގައިގެން ތިމާވެއްޓާއި ރަށްޓެހި ފޮތިކޮތަޅު ރަށަށް ތަޢާރަފުކޮށްފިއެވެ. ތިމާވެއްޓާއި ރަށްޓެހި ފޮތިކޮތަޅު ބޭނުންކުރުން އިފްތިތާޙް ކުރުމަށް މިއަދު ކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލ.ކަލައިދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ރުޤިއްޔާ ސިތާރާއެވެ. މިމުޙިއްމު މަސައްކަތުގެ ތެރެއިން ރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުވެ ފޮތިކޮތަޅު ބޭނުންކުރުމަށް ރަށުގެ ޢާއްމުރައްޔިތުން އަހުލުވެރި ވެގެންދާނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.

މިރަސްމިއްޔާތުގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިމަސައްކަތަކީ 2023 ވަނަ އަހަރުން ފެށިގެން ކުރުމަށް ބޭނުންވެފައިވާ މުޙިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމާއި ގުޅިގެން 2024 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލު އެކުލަވާލެވުނުއިރު މިމަސައްކަތް ކުރުމަށް ހިމަނައި ބަޖެޓްކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 24 ވަނަ ޖަލްސާއިން ރަށުގެ ރަށުގެ ކޮންމެ ގެއަކަށް 02 ކޮތަޅު ދިނުމަށާއި ކޮންމެ އަހަރެއްގައިވެސް މިޕްރޮގްރާމް ކުރިޔަށް ގެންދެވުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިރަސްމިއްޔާތުގައި ކައުންސިލަރުންނާއި ރަށުގެ މުވައްސަސާތަކުގެ ވެރިންގެ އިތުރުން ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.