އިސްދޫ ސުކޫލް ހިންގެވުމާއި އަލަށް ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލް އަށް މަރްޙަބާ ދެންނެވުން

އިސްދޫ ސްކޫލް ހިންގެވުމާއި އަލަށް ހަވާލުވެވަޑައިގެންނެވި މަރްޔަމް އަރޫޝާއަށް ކައުންސިލުގެ ފަރާތުން މަރްޙަބާ ދަންނަވައިފިއެވެ. މިކަމަށްޓަކައި ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން ކައުންސިލް މެމްބަރުންނާއި ސީނިއަރމެނޭޖްމަންޓްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި ކައުންސިލާއި ސްކޫލާއި ދެމެދު މިހާރަށްވުރެ ގުޅުންބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން ކައުންސިލުން އިސްދޫ ސްކޫލުގެ އެކިއެކި ކަންކަމަށް ފޯރުކޮށްދެމުންގެންދާ އެހީތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. މިގޮތުން ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމަނައިގެން ސްކޫލުގައި ޢިމާރާތްކޮށްދިނުމަށް ހަމަޖެހިފައިވާ ފާޚާނާ ތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރެވިފައެވެ. މީގެއިތުރުން އާ ޕްރިންސިޕަލްއާއިއެކު ސްކޫލްގެ ކަންކަން ހަރުދަނާވެ ދަރިވަރުންގެ ކިޔެވުމާއި އަޚްލާގަށް ހެޔޮބަދަލުތައް އަންނާނެކަމަށް އުއްމީދުކުރާކަމަށް ކައުންސިލުން މިބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.